އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގެ ހުޅަނގުބައިގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި އިއުލާނަށް އެކަށީގެންވާ އަގެއް ލިބިފައިނުވާތީ އަލުން އިއުލާން ކުރުން

ނަންބަރ: A/IUL/344/2023/119

 

        އިޢުލާން

 

                     އަމިއްލަ ތަކެތީގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގެ ހުޅަނގުބައިގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަމްބަރ: A/IUL/344/2023/93 (2023 އޮކްޓޫބަރ 17) އިއުލާނަށް އެކަށީގެންވާ އަގެއް ލިބިފައިނުވާތީ އަލުން އިއުލާން ކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުން ފެށިގެން 2023 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުން ނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 2023 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޖެނުވަރީ 03 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 ޑިސެމްބަރ 27 ވާ ބުދަ ދުވަހު މެންދުރުފަހު 12:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

18 ޑިސެންބަރު 2023
ހޯދާ