ދިވެހިރާއްޖެ
2 ޓަނުގެ ޑަންޕް ޓްރަކެއް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ 2 ޓަނުގެ ޑަންޕް ޓްރަކް، މި އިދާރާއަށް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.
ބޭނުންވާ ޑަންޕް ޓްރަކުގެ ސްޕެސިފިކޭޝަންތައް މަޢުލޫމާތު ކަރުދާހުގައި އެ ވަނީއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާ އެކު ޝާއިޢުކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2023 ޑިސެންބަރު 25 ވާ ހޯމަދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
https://forms.gle/pjJ4D5KrSATAT1Eb6
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 26 ވާ އަންގާރަދުވަހު ހެނދުނު 9:00 އިން ފެށިގެން 2023 ޑިސެންބަރު 31 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2024 ޖަނަވަރީ 8 ވާ ހޯމަދުވަހު މެންދުރުފަހު 1:00 ގައި މި އިދާރާ ގައެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
|
ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް |
7217070 |
5 ޖުމާދަލްއާޚިރާ 1445ހ.
18 ޑިސެންބަރު 2023މ.
|
އަޙްމަދު މަޙްފޫޟް ސެކްރެޓަރީ ޖެނެރަލް |