މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައިޑްރޮފޮނިކްސް ޕްރްޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު 2 ވަނަ ފަހަރަށް ހުޅުވާލުން

އިޢުލާނު

ބ. ތުޅާދޫގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައިޑްރޮފޮނިކްސް ޕްރްޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު 2 ވަނަ ފަހަރަށް ހުޅުވާލުން

ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި، އަދި ސިއްޙީގޮތުން ފައިދާކުރަނިވި ބާވަތްތައް އިތުރުކުރުމުގެ ގޮތުން ހައިޑްރޮފޮނިކްސް ނިޒާމު ތަޢާރަފްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދަނީ ކުރައްވަމުންނެވެ. މިގޮތުން މިއަހަރު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ބ. ތުޅާދޫގައެވެ.

މި ޕްރޮގްރާމްގެ ދަށުން 10 ހައިޑްރޮފޮނިކްސް ނިޒާމު ތުޅާދޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ނިޒާމުތައް ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ 10 ފަރާތަކަށް ޙަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، އެކަށީގެންވާވަރަށް ތަރުހީބު ލިބިފައި ނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ޕްރޮގްރާމް ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރކުރެއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

https://forms.gle/tVyH4oACmRqk15zi7

17 ޑިސެންބަރު 2023
ހޯދާ