ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)KACL-KDO/2023/37 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅާފައިނުވާތީ އަލުން އެފުރުސަޠު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން: |
ބީލަމުގައި ރަޖިސްޓްރީވުމަށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 2023 ޑިސެމްބަރ 20 ވާ ދުދަ ދުވަހުގެ 12:00ގެ ކުރިން[email protected] އަށް މެއިލް ކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. |
މަޢުލޫމާތު ސާފުކުރުމާއި މަޢުލޫމާތު ދިނުން: |
2023 ޑިސެމްބަރ 21 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމުން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ދެވޭނެއެވެ. |
ބީލަން ހުށަހެޅުމުގެ ސުންގަޑި: |
24 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:30ގައި. |
ބީލަން ހުޅުވުން: |
2023 ޑިސެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މިކުންފުނީގެ ހެޑް އޮފީސް އަދި ކައްދޫ އެއަރޕޯޓް އޮފީހުގައި. |
ވީމާ، މި ކުންފުނިން ފޯރު ކޮށްދޭ މައުލޫމާތާއި އެއްގޮތަށް ސޮފްޓްވެއަރ ތައްޔާރުކޮށް، ފޯރުކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ ގަޑީގައި) 7411067 ނަންބަރު ފޯނާއެވެ. ނުވަތަ [email protected] އަށް މެއިލް ކުރުމުންވެސް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް
އަމީރު އަހުމަދު މަގު
މާލެ / ދިވެހިރާއްޖެ
ފޯން: 3011734
އީމެއިލް: [email protected]