މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެންގްރޫވް އައިލޭންޑް ވިމެންސް ފުޓްސަލް ޗެލެންޖް 2024

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2022 ވަނަ އަހަރެކޭ އެއްފަދައިން، ދި މެންގްރޫވް އައިލޭންޑް ވިމެންސް ފުޓްސަލް ޗެލެންޖް 2024 ވަނަ އަހަރުގެ ޖަނަވަރީ 20 ގައި ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. ވީމާ، ޓީމް ރަޖިސްޓްރީ ކުރުމަށް 31 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ. މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޮތީ، ހަމައެކަނި ކެނދިކުޅުދޫގެ ޓީމުތަކަށް ކަމުގައި ދަންނަވަމެވެ. ޓީމް ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ލިންކް: ރަޖިސްޓްރޭޝަން ލިންކް

މި މުބާރާތުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، ޤަވާއިދު އާންމު ކުރެވިގެންދާނެއެވެ.

ދި މެންގްރޫވް އައިލޭންޑް ވިމެންސް ފުޓްސަލް ޗެލެންޖް 2024 ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލް ސްޕޯޓްސް މެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް ރަސްމީ ގަޑީގައި 6560013 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޖުމާދަލްއާޚިރާ 1445

17 ޑިސެންބަރު 2023

17 ޑިސެންބަރު 2023
ހޯދާ