| މިޞްރު ސަރުކާރުން ދެއްވާ ސްކޮލަރޝިޕް 2015/2016  | 
| 
12 ސައިންޓިފިކް ސްޓަޑީސް10 ޤުރުއާން އެންޑް އަރަބިކް ލޭންގްއޭޖްމި ސްކީމްގެ ދަށުން ސްކޮލަރޝިޕް ލިބޭ ފެކަލްޓީތަކާއި، ކޯސްތަކުގެ މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. | ކޯހުގެ ދާއިރާ: | 
| ބެޗެލަރސް ޑިގްރީ | ކޯހުގެ ލެވެލް | 
| މިސްރު | ޤައުމު | 
| 22 ސްކޮލަރޝިޕް | ކޯހުގެ އަދަދު | 
| 
ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުން.ދިރާސާތުލް އިސްލާމިއްޔާއަށް ކުރިމަތިލާ ފަރާތްތަކުން ޝަހާދާ ޘާނަވިއްޔާއިން %65 އަށް ވުރެ މަތިން ފާސްވެފައިވުން. | ކޯހުގެ ޝަރުޠުތައް: | 
| 
މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަކީ މިޞްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ މީހަކަށް ވެގެން ނުވާނެއެވެ.އަޒުހަރުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އަޒްހަރުގައި އެއްބަނޑު އެބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ދެ ކުދިން އަދި ދެމަފިރިނަށް އެއްމުއްދަތެއްގެ ތެރޭގައި ކިޔެވުމުގެ ފުރުޞަތެއް ނުދެއްވައެވެ. ވީމާ، މި ފަދަ ދަރިވަރަކަށް މި ސްކޮލަރޝިޕަށް ކުރިމަތި ނުލެވޭނެއެވެ.މި ކޯސްތަކުގައި އާންމުކޮށް ކިޔަވައިދެނީ ޢަރަބި ބަހުންކަމަށްވާތީ، ކުރިމަތިލާ ފަރާތްތަކަކީ ޢަރަބި ބަހުން ކިޔެވުން ކުރިއަށް ގެންދެވޭ ފަދަ ޤާބިލުކަން ހުރި ފަރާތްތަކަށް ވާންޖެހޭނެއެވެ.ކެންޑިޑޭޓުން އެދޭ ކޯސްނޫން އެހެން ކޯހެއް ހަމަޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކޯހަށް ކުރިމަތި ލާންވާނީ މިކަމަށް ރުހި ޤަބޫލުވާނަމައެވެ.މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.މި ކޯސްތަކަށް ހުށަހަޅާ ފަރާތްތަކަކީ ޝަހާދާ ޘާނަވިއްޔާ ނިންމުމަށްފަހު 01 ނޮވެންބަރު 2015 އަށް 3 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ވެގެން ނުވާނެއެވެ.01 ނޮވެންބަރު 2015 އަށް 25 އަހަރު ފުރިފައި ނުވުން.މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަށް އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެވެ. އަދި ކިޔަވަން އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވެސް ވެގެން ނުވާނެއެވެ.މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރަން ބޮންޑްކުރެވޭނެއެވެ.މި އިޢުލާންގައި ބަޔާންކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީ ތަޢުލީމާއި ތަމްރީނަށް  ބައިލެޓަރަލް އެހީގެ ދަށުން ސަރުކާރަށްލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާން ކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން  ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެނޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.މި ސްކޮލަރޝިޕް ޕްރޮގްރާމާބެހޭ މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.މި އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.މި ސްކީމަށް ހޮވޭ ދަރިވަރުންނަށް އަޒުހަރު ސްކޮލަރޝިޕްގެ ދަށުން ހަމަޖެހޭ އިނާޔަތްތަކުގެ މަޢުލޫމާތު "General condition for Al- Azhar Scholarships" ސުރުޚީގެ ނަމުގައި މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ. | އިތުރު މަޢުލޫމާތު:  | 
| 
ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.ޝަހާދާ ޘާނަވިއްޔާ ސެޓްފިކެޓާއި، މާކްޝީޓްގެފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު ހުށަހަޅަން ވާނެއެވެ.(އެޓެސްޓް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާރޓްމަންޓަށް ލިބިގެންވެއެވެ.ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.  އެޗް.އައި.ވީ/ އެއިޑްސް އާއި ހެޕަޓައިޓްސްއާއި ޓީ.ބީ ހިމެނޭ ގޮތަށް ހަދާފައިވާ މެޑިކަލް ރިޕޯޓު ކޮޕީގައި  އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖެހި އަސްލު. (އެޓެސްޓް ކޮށްފައިވާ އަސްލު)އިނގިރޭސިބަހުގެ ތަރުޖަމާ ހިމެނޭ ސިޓީ/ ރަށު ކައުންސިލް އިން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީގައި  އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖެހި އަސްލު (އެޓެސްޓް ކޮށްފައިވާ އަސްލު)ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީގައި އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖެހި އަސްލު. (އެޓެސްޓް ކޮށްފައިވާ އަސްލު)އައި.ކާޑު ކޮޕީ.ގުޑް ކޮންޑަކްޓް ސެޓްފިކެޓް (އެންމެފަހުން އުޅު ސްކޫލަކުން)6 ޕާސްޕޯޓް ސައިޒް ފޮޓޯ. (ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ނަމާއި، ޤައުމުގެ ނަން ޖަހަންވާނެއެވެ.) | ހުށަހަޅަންޖެހޭ ތަކެތި: | 
| ސުންގަޑި: 08 އެޕްރީލް 2015 (ބުދަ) ދުވަހުގެ 14.30 ގެ ކުރިން މި ޑިޕާޓްމަންޓްގެ ކައުންޓަރަށް (ވެލާނާގެ / 02 ވަނަ ފަންގިފިލާ) އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. | 
| ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 8.30 އިން މެންދުރުފަހު 14.30 އަށް ވެލާނާގޭ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341383 އިން ލިބިވަޑައިގަންނަވާނެއެވެ. |