ދިވެހިރާއްޖެ
ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި ކޮޅުމަޑުލު އަތޮޅުކައުންސިލް ގުޅިގެން އަތޮޅުގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ކޯހާ ގުޅޭ މަޢުލޫމާތު:
ކޯހުގެ ނަން |
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން |
ކިޔެވުން ފެށޭ ތާރީޚު |
އެޕްރީލް 2015 (ނިމޭނެކަމަށް ލަފާކުރެވެނީ އޮގަސްޓު 2015) |
ކިޔެވުން އޮންނަ ދުވަސްތައް |
ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބައިވެރިން ލިބޭގޮތަށް ބަލައި މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖެއްސުމަކީ އެކަށީގެންވާކަމެއް) |
ބައިވެރިވުމުގެ ޝަރުޠު |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ އުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. |
ކޯސް ބާއްވާ ތަން |
ކޮޅުމަޑުލު ވޭމަންޑޫ. (ބައިވެރިން ލިބޭގޮތަށް ބަލައި އެހެން ރަށެއްގައި ބޭއްވުމަކީވެސް އެކަށީގެންވާކަމެއް) |
އެޕްލިކޭޝަން ފޯމު ލިބެންހުންނާނީ |
ކައުންސިލްގެ އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް/ ކޮޅުމަޑުލު އަތޮޅުކައުންސިލުގެ އިދާރާއިން، ނުވަތަ އަތޮޅުކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ. ވެބްސައިޓް އެޑްރެހަކީ [email protected] |
ހުށަހަޅަންވީ ތާރީޚު |
09 އެޕްރީލް 2015 ދުވަހުގެ 14:00 ގެ ކުރިން ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއަށް (މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ. މެއިލް އެޑްރެހަކީ [email protected] ، ފެކްސް ނަމްބަރަކީ 6780042 ) |
ހުށަހަޅަންޖެހޭ ތަކެތި |
|
ކޯހުގެ ފީ | 2،000.00 ރުފިޔާ (އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ދެއްކިދާނެ ) |
ކޯހުގެ ބައިވެރިން ހޮވުން | ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރި ކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން. |
އިތުރު މަޢުލޫމާތު | ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9969609 ނަންބަރު ފޯނަށް |
ވީމާ، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
25 ޖުމާދަލްއޫލާ 1436