ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 ކްލާސްރޫމް ޢިމާރާތް ކުރުމަށް

ހދ.ނައިވާދޫ ސްކޫލުގައި 01 ކްލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ދަޢުވަތު

ހދ.ނައިވާދޫ ސްކޫލުގައި 01 ކްލާސްރޫމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާގެ ނަންބަރު: IUL)226-F/PRIV/2015/05)ފ(12 ފެބުރުވަރީ 2015) ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މިކައުންސިލުން ދޭ ކުރެހުންތައް އަދި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހދ. ނައިވާދޫ ސްކޫލުގައި 01 ކްލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބީލަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 31 މާރޗް 2015 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި މަޢުުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 10:30 އަށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަަޑައިގަންވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ