ދިވެހިރާއްޖެ
"ކެޕިޓަލް މަރކެޓް އެވެއަރނެސް ވޯކްޝޮޕް ފޮރ ޖާނަލިސްޓްސް" ޕްރޮގްރާމް ފަސްކުރުން
"ކެޕިޓަލް މާކެޓް އެވެއަރނަސް ވޯކްޝޮޕް ފޮރ ޖާނަލިސްޓްސް" ނަމުގައި މާރިޗު 09 ން 10 އަށް ބޭއްވުމަށް ކުރިން ހަމަޖައްސާފައިވާ ވޯކްޝޮޕް، މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އެޕްރީލް 2015 ން 16 އެޕްރީލް 2015 އަށެވެ.
ޖަރނަލިސްޓުންނާއި ވިޔަފާރިއާގުޅޭ ޚަބަރުތައް ތައްޔާރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތިންދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ކެޕިޓަލް މާރކެޓާއި ފައިނޭންޝިއަލް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ކެޕިޓަލް މާރކެޓްގެ ދާއިރާއަށް ޖާރނަލިސްޓުން އަހުލުވެރިކުރުވުމާއި، މި ދާއިރާއާގުޅޭ މަޢުލޫމާތު ހޯދާނެގޮތާއި އަދި ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ދިރާސާކުރާނެގޮތް އުނގަންނައިދިނުމެވެ.
ވީމާ، މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މި އޮތޯރިޓީގެ އީމެއިލް [email protected] އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
މި ވޯކްޝޮޕާ ގުޅޭ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ www.cmda.gov.mv ވެބްސައިޓުންނާއި ނަންބަރު 3014103 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
26 ޖުމާދަލްއޫލާ 1436