ދިވެހިރާއްޖެ
01 ޖެނުއަރީ 2024 އިން 31 ޑިސެމްބަރ 2024 އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި GS153/IUL/2023/20 އިޢުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަކުގެ ސަރުތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކަށް 17 ޑިސެމްބަރ 2023 އިން 24 ޑިސެމްބަރ 2023 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީ ކުރުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށެވެ. ސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލް ފޯނަށް ގުޅައި ނަންނޯޓް ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެސަން 24 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އަދި ބީލަން ހުށަހެޅުން 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ސްކޫލުން ލިބެން ހުންނާނެއެވެ.
ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
04 ޖުމާދަލްއާހިރާ 1445