އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޑަބްލިޔު ބްލޮކް ޢިމާރާތް ސާރވޭކޮށްދޭނޭ ފަރާތެއް ހޯދުން

ޑަބްލިޔު ބްލޮކް ޢިމާރާތް ސާރވޭކޮށްދޭނޭ ފަރާތެއް ހޯދުން

މި ސްކޫލުގެ ޑަބްލިޔު ބްލޮކް ޢިމާރާތް ސާރވޭ ކުރުމަށް ކުރެވުނު ނަންބަރު AS-B/IU/2015/27 އިޢުލާނަށް ކުރިމަތިލީ 3 ފަރާތުގެ ތެރެއިން 2 ފަރާތެއްގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލު ކުރަމެވެ. 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

19 މާރިޗު 2015
ހޯދާ