ދިވެހިރާއްޖެ
އިއުލާން
ގަވާއިދު ނަންބަރު: 2018/R-101 (ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު) ގައި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ގޮތުން އެކުލަވާލުމަށް ބަޔާންކޮށްފައިވާ 'ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ' އަކީ ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާ އެކިއެކި ދާއިރާގެ މީހުން ހިމެނޭގޮތަށް އެކުލަވައިލާ ފަންނީ ކޮމިޓީއެކެވެ.
މިގޮތުން، މި ގަވާއިދުގެ ދަށުން އެކުލަވައިލާ ޓެކްނިކަލް ކޮމެޓީގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އަދި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތައް ހިމެނުމަށް ބަޔާންކޮށްފައިވާތީ، މި ކޮމިޓީގައި ބައިވެރިވުމަށް ޝަޢުގުވެރިވާ މަދަނީ ޖަމުޢިއްޔާއަކަށް ނުވަތަ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ފަރާތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހުގެ މައްޗަށް ބިނާކޮށް 2023 ޑިސެންބަރު 26 ވަނަ ދުވަހުގެ 13:30 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.