ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޢިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު

ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު

މިއޮތޯރިޓީން ހިންގަމުންގެންދާ ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL)221-PP/221/2015/2) އާ ގުޅިގެން އެކަށީގެންވާވަރުގެ އަންދާސީހިސާބެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 31 ވާ އަންގާރަ ދުވަހުގެ 14:00 އަށް ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 14:00 އަށް ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

21 ޖުމާދަލްއޫލާ 1436

23 މާރިޗު 2015
ހޯދާ