މުލަކު ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރަށް ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

`

 

މުލަކު ސްކޫލް

މ.މުލައް،

ދިވެހިރާއްޖެ.                                      އިޢުލާން ނަންބަރު:GS166/IUL/2023/35

އިޢުލާން

2024ވަނަ އަހަރަށް ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

     2024 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު (GS166/IUL/2023/29) އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތުގެ އަގު މާބޮޑުކަމަށް މިސްކޫލުން ބިޑް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅާފައިވާތީ، އެޢިއުލާން ބާޠިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާ ފަރާތުގެ/ކުންފުނި ނަން، ގުޅޭނެ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު ހިމަނުއްވައި މިސްކޫލުގެ މެއިލް ނުވަތަ ނަންބަރަށް ގުޅުއްވައިގެން ނުވަތަ އޮފީސް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މީގެ އިތުރުން https://forms.gle/TGPJJHsgipEb9WtX6 މިލިންކް މެދުވެރިކޮށްވެސްރަޖިސްޓްރީ ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މީގެއިތުރުންމި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 21 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00 ކުރިން މިސްކޫލަށް ގުޅުއްވުން އެދެމެވެ.

ނަންނޯޓް ކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

މުލަކު ސްކޫލް އޮފީސް

ރަޖިސްޓްރީކުރުން

13 ޑިސެމްބަރ 2023 ން 20 ޑިސެމްބަރ 2023 ށް (14:00)

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން

26 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި

މުލަކު ސްކޫލް

ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.

ފޯން:  7952903  ,  7988183

އީ-މެއިލް: [email protected]

29 ޖުމާދުލްޢޫލާ 1445ޙ

13 ޑިސެމްބަރު 2023މ.

13 ޑިސެންބަރު 2023
ހޯދާ