ދިވެހިރާއްޖެ
މި އިޢުލާންވަނީ 14 ޑިސެންބަރު 2023 14:15 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
އދ.އޮމަދޫ ލޭންޑްޔޫޒް ޕްލޭންގެ 71 ވަނަ ނަންބަރުގައިވާ 04 ބިމުގެ ތެރެއިން 2500 އަކަފޫޓްގެ 01 ބިން 25 އަހަރަށް
ކުއްޔައް ނަގާނެ ފަރާތެއް ހޯދުމަށް.
މިރަށު ލޭންޑް ޔޫޒް ޕްލޭންގެ 71 ވަނަ ނަންބަރުގައިވާ 04 ބިމުގެ ތެރެއިން 01 ބިން 25 އަހަރުގެ
މުއްދަތަށް ކުއްޔަށް ހިފާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބިން ކުއްޔައް ދިނުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް 2023 ޑިސެމްބަރ 11 ން
ފެށިގެން 2023 ޑިސެމްބަރ 17 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި އީމެއިލް މެދުވެރިކޮށް ހުށައެޅުން އެދެމެވެ.
އީމެއިލް:[email protected]
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2023 ޑިސެމްބަރ 11 ން ފެށިގެން 2023
ޑިސެމްބަރ 18 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރީވުން އެދެމެވެ.
ރެޖިސްޓްރީވުމަށް: https://forms.office.com/r/mTnwPfuP9n
ބިން ހޯދުމަށް އެދި ޕްރޮފޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 10:00 އެވެ.
ޕްރޮޕޯސަލްތަށް ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 10:05 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި
ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި ރަޖިސްޓްރީ ކުރާ ފަރާތުން ޕްރޮޕޯސަލް ހުށައެޅުމަށް ހާޒިރުވެވެން ނެތްނަމަ އެކަން ލިޔުމަކުން އެންގުން
އެދެމެވެ. ހުށައަޅާ ލިޔުމުގައި ބަދަލުގައި ފޮނުވާ މީހާގެ މަޢުލޫމާތު ހިމެނުމަށްފަހު އެފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައަޅަންވާނެއެވެ.
މިބިން ކުއްޔައް ދިނުމަށް މިއިދާރާއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ތައްޔާރުކޮށް
ހުށައެޅުންއެދެމެވެ. ހުށައަޅާފައިވާ ޕްރޮޕޯސަލްގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނުވާނަމަ އެ ޕްރޮޕޯސަލް ބާތިލް ވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.