ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ.ދުވާފަރު 65.09 ނަމްބަރުގޭ ރ. ކަނދޮޅުދޫ އަބަދަށްފިނިވާގެ އަލްފާޟިލް ޢަލީ ރަޝީދު ޢަބްދުއްސައްތާރު އާއި ރ. ކަނދޮޅުދޫ ރަންކޮކާގެ އަލްފާޟިލާ ގުލިސްތާން އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2023 ޑިސެމްބަރ 20 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 65.09 ނަމްބަރުގޭ ރ. ކަނދޮޅުދޫ އަބަދަށްފިނިވާގެ އަލްފާޟިލް ޢަލީ ރަޝީދު ޢަބްދުއްސައްތާރު އާއި ރ. ކަނދޮޅުދޫ ރަންކޮކާގެ އަލްފާޟިލާ ގުލިސްތާން އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ޖުމާދުލްއޫލާ 1445
12 ޑިސެމްބަރ 2023