ދިވެހިރާއްޖެ
2015 ވަނަ އަހަރު މިސެންޓަރުން އާރޓްސް ސްޓްރީމަށް ކިޔެވުމަށް ފުރުޞަތު ދެވޭނީ 20 ދަރިވަރުންނަށެވެ.
ސާނަވީ މަރުޙަލާގައި އާރޓްސް ސްޓްރީމަށް ކިޔެވުމަށް ކުރިމަތިލާ ދަރިވަރުންގެ އަދަދު މަދުކަމަށް ފާހަގަ ކުރެވޭތީ، މަތީ ސާނަވީ މަރުޙަލާގައި އާރޓްސްޓްރީމް ކިޔެވުމަށް ވީހާވެސް ގިނަދަރިވަރުންނަށް ފުރުޞަޠު ދިނުމަށްޓަކައި، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މިސެންޓަރުގެ އާރޓްސް ސްޓްރީމްގެ ކްލާހުގައި 5 ޖާގަ އޮތުމާއެކު، އާރްޓްސް ސްޓްރީމަށް ކުދިން ވެއްދުމަށް ޚާއްޞަ ކްރައިޓިރިޔާއެއް ވަނީ ހަމަޖެހިފައެވެ. މިކްރައިޓިރިޔާ ތިރީގައި މިދަންނަވަނީއެވެ.
- މޭ 2013 ގެފަހުން އެސް.އެސް.ސީ އާއި، އައި.ޖީ.ސީ.އެސް.އީ އާއި، ޖީ.ސީ.އީ އޯލެވެލް އިމްތިޙާން ހިމެނޭގޮތަށް ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު، ޖޯގްރަފީއާއި، ހިސްޓްރީއާއި، އިންގްލިޝް ލޭންގުއޭޖް، މި 3 މާއްދާގެ ތެރެއިން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
- މޭ 2013 ގެފަހުން އެސް.އެސް.ސީ އާއި، އައި.ޖީ.ސީ.އެސް.އީ އާއި، ޖީ.ސީ.އީ އޯލެވެލް އިމްތިޙާން ހިމެނޭގޮތަށް ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒްއާއެކު، ހިސްޓްރީއާއި އިކޮނޮމިކްސްއިން، ނުވަތަ ޖޯގްރަފީއާއި އިކޮނޮމިކްސްއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
މީގެ އިތުރުން މިސެންޓަރަށް މިއަހަރު އަލަށް ކުދިން ވެއްދުމަށް ކޮށްފައިވާ ނަންބަރު:IUL)CHSE-SMT/1/2015/5) އިޢުލާނުގައިވާ ފުރަތަމަ ޝަރުޠު ފިޔަވައި އެހެންހުރިހާ ޝަރުޠުތަކެއް ފުރިހަމަވާންވާނެއެވެ.
އާރޓްސް ސްޓްރީމްގެ 5 ޖާގައަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯމު ހުށަހަޅާފައިވާ ނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެއެވެ. މިނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ "ނެޝަނަލް ޓޮޕްޓެން" އަށް ހޮވުމުގައި ބޭނުންކުރެވޭ މިންގަނޑެވެ.
ވީމާ، އާރޓްސް ސްޓްރީމްގައި ކިޔެވުމަށް ބޭނުންވާ ކުދިންގެތެރެއިން ޝަރުޠުު ފުރިހަމަވާ ކުދީން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމުގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު 25 މާރިޗު 2015 ވާ ބުދަ ދުވަހުގެ މެންދުރު 12.00ގެ ކުރިން މިސެންޓަރުގެ އޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ.
05 މާރިޗު 2015 އާ ހަމައަށް އާރޓްސް ސްޓްރީމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
26 ޖުމާދަލްއޫލާ 1436