އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކަންޑް ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
- މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ފޯދުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 ޑިސެމްބަރ 12 ން 2023 ޑިސެމްބަރ 19 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 14:00 ށް މިސްކޫލަށް ދުރުވެ ނުވަތަ ފޯނުން ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
4- މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ2023 ޑިސެމްބަރ 20 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގައި މިސްކޫލުގައެވެ.
5- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 ޑިސެމްބަރ 20 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
6- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ.
7- މި މަސައްކަތާއިގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކަށް މިސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.
8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ނަން: އަލިފުށީ ސްކޫލް
- ފޯން: 6580137 / 9670088
- އީމެއިލް: [email protected]
12 ޑިސެންބަރު 2023
ހޯދާ