މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުބިމަށް އަދި ފާމިންއަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

 

ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުބިމަށް އަދި ފާމިންއަށް ބިން ކުއްޔަށް ދޫކުރުން

ރަށުގެ ލޭންޑް ޔޫސްޕްލޭންގައިވާ ގޮތުގެ މަތީން ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް 18 ބިން އަދި ފާމިން (ގެރި، ބަކަރި، ކުކުޅު، އަސްދޫނި ފަދަތަކެތި ގެންގުޅުމަށް) 03 ބިން (ޖުމްލަ 4000 އަކަފޫޓުގެ 21 ބިން) މީލާދީ 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.  

މި މަސައްކަތަށް  ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެމްބަރ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން އަގުބަޔާންކޮށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އަގުގެ ގޮތުގައި ހުށަހޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 0.125 (ސުމެއް ޕޮއިންޓް އެކެއް ދޭއް ފަހެއް ލާރި) އެވެ.

އިވެލުލުވޭޝަން ކްރައިޓީރިއާ

  • މުލީގައި ދަނޑުވެރިކަން/ފާމިން ކުރަމުންދާ ފަރާތްތަކަށް %50 ޕޮއިންޓް (އެންމެ ގިނަދުވަހު ދަނޑުވެރިކަން/ފާމިން ކުރަމުންދާ ފަރާތް ބެންޗް މާކެއްގޮތަށް ބަލައިގެން / ކައުންސިލް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް)
  • އަގު: %35 ޕޮއިންޓް (އެންމެ ބޮޑުއަގު ބެންޗްމާކު ކަމުގައި ބަލައިގެން)
  • ޕްރޮޕޯސަލް  ޕޮއިންޓް (އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތް ބެންޗް މާކެއް ގޮތަށް ބަލައިގެން)

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

12 ޑިސެންބަރު 2023
ހޯދާ