ދިވެހިރާއްޖެ
ދ.ބަނޑިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނިމެނޭޖްކުރާ މަރުކަޒުގެ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ އެންވަޔަރމެންޓަލް މެނޭޖްމެންޓް ޕްލޭން (އީ.އެމް.ޕީ) ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން 18 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކަނޑައެޅިފައިވާ ތާރީޚަށް ބިޑްގައި ބައިވެރިވުމަށްއެދި މިކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށަހެޅޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 27 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި، މިކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތެއްގެ އެއް ހާޒިރުގައި ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 26 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މޮބައިލް ނަންބަރ 7992129/9650005 އަށް ގުޅައިގެން ނުވަތަ މިކައުންސިލްގެ އީ-މެއިލް [email protected] އަށް މެއިލްކޮށްގެން މައުލޫމާތޫ ސާފުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.