ދިވެހިރާއްޖެ
ގދ.ވާދޫގައި ނެޓްބޯޅަ ކޯޓެއް އެޅުން:
ގދ.ވާދޫގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އެޅުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޯޓު އަޅައިދޭނެ ފަރާތެއް ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: IUL/2015/11/ފ421 (2015 ފެބުރުވަރީ 10) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލު ކޮށްފީމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯންނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.