ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

 

އެސްޓީއޯގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯ ގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން 04.12.2023 ގައި ކުރި ނަންބަރ 60ADM202332 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަޅާފައި ނުވާތީ އެމުދާތައް ނީލަމުގައި ވިއްކާލުމަށް އަލުން އިއުލާން ކުރަމެވެ.

ވީމާ މިތަކެތި ނީލަމުގައި ގަންނަން ބޭނުންވާ ފަރާތްތަކުން ތިރީގައި ވާ ތަންތަނައް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުން ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

ހާޒިރުވާންވީ ތަން

ގަޑި

މަޢުލޫމާތު ސާފުކުރުން

އަގުހުށަހެޅުން

އެސް.ޓީ.އޯ ބ. އޭދަފިށީ ފިހާރަ

 

10:00

17/12/2023

 

18/12/2023

 

އެސް.ޓީ.އޯ އދ. ދަނގެތި ފާމަސީ

އެސް.ޓީ.އޯ އައްޑޫ ސިޓީ ކޯލްސެންޓަރ

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު އަގު އަދާކުރެއްވި ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ މިފަދަ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަވެސް ދެންނެވީމެވެ.

12 ޑިސެންބަރު 2023
ހޯދާ