ދިވެހިރާއްޖެ
ފީވަކުސްކޫލް
ފީވައް / ދިވެހިރާއްޖެ ނަންބަރު:GS-108/IUL/2023/15
އިޢުލާން
ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ
2024 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާއިގުޅޭ މަޢުލޫމާތު ބީލަން ފޮތުގައިވާނެވެ.
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު |
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް |
2023 ޑިސެންބަރު 12 ން 14 އަށް |
ރަސްމީ ދުވަސްތަކުގެ 09:00 ން 13:00 އަށް |
- ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަން ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެންބަރު 17 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2023 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިސްކޫލް އޭ.ވީ. ރޫމުގައެވެ.
- މިޢުލާނާއެކު ބީލަންފޮތް އެޓޭޗްކުރެވިފައިވާނެވެ.
ފޯން: 6540543 / އީމެއިލް: [email protected]
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ..
27 ޖުމާދަލްއޫލާ 1445ހ.
11 ޑިސެންބަރު 2023މ