ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ޓްރާންސްފަރ ސްޓޭޝަންނުން އިމާރާތްކުރުމުގައި އުފެދޭ ކުނި (ސީ.އެން.ޑީ ވޭސްޓް) އުކާލުމުގެ ޚިދުމަތް ދެމުންދާ ގަޑިތަކަށް ބަދަލާއި އަދި ކުނި ވަކިކުރުމުގެ އުސޫލަށް ގެނެވުނު ބަދަލާއިގުޅޭ

އިޢުލާން

ނަންބަރ: WAMCO-BDM/IUL/2023/134

 

މާލޭ ޓްރާންސްފަރ ސްޓޭޝަންނުން އިމާރާތްކުރުމުގައި އުފެދޭ ކުނި (ސީ.އެން.ޑީ ވޭސްޓް) އުކާލުމުގެ ޚިދުމަތް ދެމުންދާ ގަޑިތަކަށް ބަދަލާއި އަދި ކުނި ވަކިކުރުމުގެ އުސޫލަށް ގެނެވުނު ބަދަލާއިގުޅޭ

 

އިމާރާތް ކުރުމާއި އިމާރާތް ތަޅާލުމުގައި އުފެދޭ ކުނި (ސީ.އެން.ޑީ ވޭސްޓް) އުކާލުމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ގަޑިތަކަށާއި، އަދި އުސޫލަށް ވަނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް ބަދަލުގެނެވިފައެވެ. ސީ.އެން.ޑީ ކުނި ވަކިކުރަންޖެހޭނެ މިންގަނޑު، ކްލީން ސީ.އެން.ޑީ (ގައުކުނޑި، ކޮންކްރިޓް ބްލޮކް، ވެލި، ގައު، ސިމެންތި، ތަށިމުށި އެހެނިހެން) އަދި ސީ.އެން.ޑީ އެހެނިހެން (ލަކުޑި،ދަގަނޑު، ޕްލާސްޓިކް، ޓިނު އެހެނިހެން)

 

·         މާލޭ ޓްރާންސްފަރ ސްޓޭޝުން، ސީ.އެން.ޑީ ވޭސްޓް ބަލައިގަނެވޭނީ އެފަދަ ކުނި ވަކިކޮށް ވަކި އުޅަނދެއްގައި ޓްރާންސްފަރ ސްޓޭޝަންއާއި ހަމައަށް ގެނައުމުންނެވެ.

·         އިމާރާތް ކުރުމުގައި އުފެދޭ ކުނި (ސީ.އެން.ޑީ ވޭސްޓް)ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ރޭގަނޑު 21:00 އަށް

 

ވީމާ، 2023 ޑިސެމްބަރ 17 ވަނަ ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ފަދައިން މިކޯޕަރޭޝަނުގެ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން ސީ.އެން.ޑީ ކުނި ބަލައިގަންނަ ގަޑިތަކަށާއި އުސޫލަށް ބަދަލުގެނެވޭ ވާހަކަ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާއްމުކޮށް އަންގާ ޢިއުލާނު ކުރަމެވެ.

 

E27                       1445

 

11 ޑިސެމްބަރ 2023

 

 

11 ޑިސެންބަރު 2023
ހޯދާ