މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ހުނަވަރު ޕްރޮގްރާމް

                                           ނަންބަރ:  MTCC-HRD-IU-2023-301

ހުނަވަރު ޕްރޮގްރާމް 2023

 މި ކުންފުނީގެ ހުނަވަރު ޕްރޮގާރާމްގެ ދަށުން ތަމްރީންކުރުމަށް ކަނޑައަޅާފައިވާ، ތިރީގައި މިދަންނަވާ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވެލްޑަރ (2)

 

އިނާޔަތް:

  • 5000.00ރ. (މަހަކު)

ރަސްމީ މަސައްކަތު ގަޑި

  • ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • މަގާމާއި ގުޅޭ ދާއިރާއަކުން ތައުލީމް ހާސިލްކުރަމުންދާ ފަރާތަކަށްވުން ނުވަތަ
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި ، އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުރުން

ޕްރޮގްރާމް މުއްދަތު

  • 03 މަސް

ތަމްރީން ކުރެވޭ ތަން:

  • ޕްރޮޕަޓީ މެނޭޖްމެންޓް - މާލެ/ހުޅުމާލެ

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަންގެ ހުނަވަރު ޕޯޓަލް މެދުވެރިކޮށް 17 ޑިސެމްބަރ 2023ވަނަ ދުވަހުގެ 23:59  ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  18 ޑިސެމްބަރ 2023 ން 31 ޑިސެމްބަރ 2023 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • ޝޯޓްލިސްޓް ކުރުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ (ހުށަހަޅާފައިވާ ލިޔެކިއުންތައް) އަށް ބަލައި ސްކޯކުރެވޭނެއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ހިނގަމުންދާ ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

 

11 ޑިސެމްބަރ 2023

11 ޑިސެންބަރު 2023
ހޯދާ