ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 2024 ވަނަ އަހަރު ފެންފުށީ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ.

                        މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                      ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ  2023 ޑިސެންބަރ  18 ވާ (ހޯމަ) ދުވަހުގެ 12:00 އެވެ.  ބީލަމަށް ރަޖިސްޓްރީ ކުރަން ކަނޑައެޅިފައިވާގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ އެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރަސްމީގަޑީގައި މި ސްކޫލްގެ އިދާރާއިން ފޯމް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރުމަކީ ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

 

އަންދާސީހިސާބު ހުށަހެޅުން.

 ފެންފުށީ ސްކޫލް އިދާރާ

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2023 ޑިސެންބަރ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

     

                                                                                                                                    

 ބިޑު ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކުން އެކަން އެންގުމަށް ދަންނަވަމެވެ.

                    ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:15 ން މެންދުރުފަހު 14:00 ށް މިސްކޫލްގެ ނަންބަރު: 6660817 އަށް ގުޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2023
ހޯދާ