ދިވެހިރާއްޖެ
ނަންބަރު: (IUL)403-A/403/2023/178
އިޢުލާން
ނީލަންކިއުމާއި ގުޅޭ
ޤާނޫނު ނަންބަރު:2006/03 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، މާލިއްޔަތު ޤަވާއިދުގެ 11.2 ވަނަ މާއްދާއާއި ޙަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން މި ކައުންސިލްގައި ހުރި ބައެއްތަކެތި ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންވާ އޮފީސްތަކުން 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މި މުއްދަތުގައި އެއްވެސް ފަރާތަކުން ހުށައަޅާފައި ނުވާނަމަ 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިތަކެތީގެ ނީލަން ނީލަން ކިއުން ލ.މާމެންދޫ ޕްރީސްކޫލްގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.
27 ޖުމާދަލްއޫލާ 1445ހ
11 ޑިސެންބަރު 2023މ