ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓާދެނެ ފަރާތްތައް ހޯދުން

                ވަގުތީގޮތުން ރަށުގެ އިޖުތީމާއީ ސަރަހައްދުތައް ސާފްކޮށް ބަލަހައްޓާނޭ ފަރާތްތައް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 20

 މުސާރަ : މަހަކު 2000.00/- ރުފިޔާ 

ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

މުއްދަތު: އެއްބަސް ވުމުގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް

ކުރަންޖެހޭ މަސައްކަތް:

1-      ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހަވާލުކުރެވޭ ސަރަހައްދުތަކެއް ސާފްކޮށް ބެލެހެއްޓުން 

ހުށަހަޅަންޖެހޭ ލިއުންތައް:

1-      މި ކަމަށް އެދޭ ފޯމު

2-      އައިޑީކާޑުގެ ކޮޕީ

އެދެންވީ ގޮތާއި، ސުންގަޑި:

                މި ކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.                         

                               11 ޑިސެމްބަރ 2023   

11 ޑިސެންބަރު 2023
ހޯދާ