ދިވެހިރާއްޖެ
މަޤާމް: ހާބާރ އޮފިސަރ
ބޭނުންވާ އަދަދު: 01
މުސާރަ : މަހަކު 8000.00/- ރުފިޔާ
ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
މުއްދަތު: އެއްބަސް ވުމުގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް
ކުރަންޖެހޭ މަސައްކަތް:
1- ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބަނދަރު ސަރަހައްދު ބެލެހެއްޓުން
2- ބަނދަރު ލައިޓްތައް ދިއްލުމާއި ނިއްވުން
3- ފެރީ އާއި ބޯޓުފަހަރު ބަނދަރު ކުރާއިރުގައި ބަނދަރުން ޖާގަ ހަދައިދިނުން
4- ދޯނި ފަހަރުތަކަށް ބަނދަރުން ފެންދޫކުރުން
ހުށަހަޅަންޖެހޭ ލިއުންތައް:
1- މި ކަމަށް އެދޭ ފޯމު
2- އައިޑީކާޑުގެ ކޮޕީ
އެދެންވީ ގޮތާއި، ސުންގަޑި:
މި ކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
11 ޑިސެމްބަރ 2023