މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޓްރިންގަރ

މަޤާމު:

ސްޓްރިންގަރ

ބޭނުންވާ އަދަދު:

8

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ ތިން މާއްދާއިން ފާސްވެފައިވުން، ނުވަތަ ބްރޯޑްކާސްޓިންގ ޖާނަލިޒަމާ ބެހޭ ބޭސިކް ތަމްރީނު ކޯހެއް ފުރިހަމަކޮށް މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

އެމްބީސީގެ ޤާނޫނާއި ސިޔާސަތުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން މިކޯޕަރޭޝަނުން ކޮންޓެންޓް އުފައްދާ އެކި މީޑިއަމްތަކަށް ބޭނުންވާނޭ ވީޑިއޯއާއި، ފޮޓޯ އަދި ޚަބަރާއި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވާ ހުށަހަޅައި ދިނުމެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

އެއަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 1 ސްޓްރިންގަރ. (ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ބ.އޭދަފުށި، މ.މުލި، ލ.ފޮނަދޫ، ޏ.ފުވައްމުލައް، ދ.ކުޑަހުވަދޫ)

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މީހުން ހޮވުމުގައި، މިދާއިރާގައި ޚިދުމަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ. އަދި ވެރިކަން ކުރާ ރަށަށް ނިސްބަތްވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ:

މަހަކު -/3000 ރުފިޔާ

8 ޚަބަރަށްވުރެ އިތުރަށް ހަދާ ކޮންމެ ޚަބަރަކަށް:

-/150 ރުފިޔާގެ ރޭޓުން އިތުރަށް ފައިސާ ދެވޭނެއެވެ.

ޚަބަރު ކަވަރ ކުރުމުގައި އަތޮޅު ތެރޭގައި ހަރަކާތްތެރިވުން:

ކަނޑައެޅިފައިވާ އުސޫލުން އެކޮމޮޑޭޝަން، ދަތުރު ފަތުރު އަދި ކެއުމުގެ ޚަރަދު ދެވޭނެއެވެ. އިންޓަރނެޓް އަދި ފޯން އެލަވަންސް ކަނޑައެޅިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 މާރިޗު 29 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

ފެކްސް:3317273 އީމެއިލް:[email protected]

 

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ / 3000444، 3000210 ނަންބަރު ފޯނާއެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ