މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޓްރިންގަރ

މަޤާމު:

ސްޓްރިންގަރ

ބޭނުންވާ އަދަދު:

7

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ ތިން މާއްދާއިން ފާސްވެފައިވުން، ނުވަތަ ބްރޯޑްކާސްޓިންގ ޖާނަލިޒަމާ ބެހޭ ބޭސިކް ތަމްރީނު ކޯހެއް ފުރިހަމަކޮށް މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

އެމްބީސީގެ ޤާނޫނާއި ސިޔާސަތުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން މި ކޯޕަރޭޝަނުން ކޮންޓެންޓް އުފައްދާ އެކި މީޑިއަމްތަކަށް ބޭނުންވާނޭ ވީޑިއޯއާއި، ފޮޓޯ އަދި ޚަބަރާއި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވާ ހުށަހަޅާ ދިނުމެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

އެއަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 1 ސްޓްރިންގަރ. (އއ.ރަސްދޫ، އދ.މަހިބަދޫ، ޅ.ނައިފަރު، ވ.ފެލިދޫ، ނ.މަނަދޫ، ފ.ނިލަންދޫ ގއ.ވިލނގިލި)

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މީހުން ހޮވުމުގައި، މިދާއިރާގައި ޚިދުމަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ. އަދި ވެރިކަން ކުރާ ރަށަށް ނިސްބަތްވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ:

މަހަކު -/3000 ރުފިޔާ

8 ޚަބަރަށްވުރެ އިތުރަށް ހަދާ ކޮންމެ ޚަބަރަކަށް

-/150 ރުފިޔާގެ ރޭޓުން އިތުރަށް ފައިސާ ދެވޭނެއެވެ.

ޚަބަރު ކަވަރ ކުރުމުގައި އަތޮޅު ތެރޭގައި ހަރަކާތްތެރިވުން:

ކަނޑައެޅިފައިވާ އުސޫލުން އެކޮމޮޑޭޝަން، ދަތުރު ފަތުރު އަދި ކެއުމުގެ ޚަރަދު ދެވޭނެއެވެ. އިންޓަރނެޓް އަދި ފޯން އެލަވަންސް ކަނޑައެޅިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 މާރިޗު 29 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

ފެކްސް:3317273  /މެއިލް:[email protected]

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000444، 3000210 ނަންބަރު ފޯނާއެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ