ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިންތިޚާބުތަކާ ގުޅިގެން ރެކޯޑު ސާފުކުރުމާބެހޭ

އިންތިޚާބުތަކަށް ކުރިމަތިލުމަށްޓަކައި ޝަރުޢީދާއިރާއިން ކުށާއިދަރަނީގެ ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރެކޯޑު ސާފުކުރުމަށް އެދި ފޯމު ހުށަހެޅުމަށް ޚާއްޞަ ކުރެވިގެން އީ-މެއިލް އެޑްރެހެއް ހަދާފައިވާތީ، އިންތިޚާބަށް ކުރިމަތިލުމަށް ރެކޯޑު ސާފުކުރާ ފަރާތްތަކުން ފުރިހަމަ މަޢުލޫމާތާއެކު [email protected] އަށް އީމެއިލް ކުރުން އެދެމެވެ. އަދި ކުރިއެކޭ އެއްގޮތަށް އީ-މެއިލް މެދުވެރިކޮށް ލިބޭ ފޯމުތަކުގެ ރެކޯޑު ސާފުކުރުމަށްފަހު އީ-މެއިލް މެދުވެރިކޮށް ޖަވާބު ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައި ވެސް ދަންނަވަމެވެ.

ރާއްޖޭގެ ހުރިހާ ކޯޓަކުން ރެކޯޑު ސާފުކޮށް ނިންމުމަށް 5 ދުވަހުގެ މުއްދަތެއް ނަގާތީ، އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުން ރެކޯޑު ސާފުކުރަން ހުށަހަޅާއިރު އެކަށީގެންވާ މުއްދަތު އޮއްވައި ހުށަހެޅުއްވުން އެދެމެވެ.  އަދި މި އިޢުލާނަށް ޢަމަލުކުރަންފަށާނީ 17 ޑިސެންބަރު 2023 ން ފެށިގެން ކަމުގައިވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:3340811 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.  

26 ޖުމާދަލްއޫލާ 1445

10 ޑިސެންބަރު 2023
ހޯދާ