މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު/މުދިމު

ޢިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް  މުވައްޒަކު ހޯދަން ބޭނުންވެއްޖެއެވެ.

  • މަޤާމު:                  އިމާމު/މުދިމު
  • މަޤާމުގެ ގިންތި:             ދާއިމީ
  • އޮފީސް /އިދާރާ:             މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލުގެ އިދާރާ
  • ވަޒީފާ އަދާކުރަންޖެހޭ ތަން:       ކެންދޫ މަސްޖިދުލް މަޢުބޫދު (ކުޑަ މިސްކިތް)
  • ބޭނުިންވާ އަދަދު:             1 (އެކެއް)

އިމާމު /މުދިމުކަމުގެ މަޤާމުގެ ރޭންކުތަކާއި، ކުލެސިފިކޭޝަނާއި މުސާރައާއި އެލަވަންސާއި، ޝަރުޠު:

  • މަޤާމާއި ރޭންކް:          މުދިމު/ ޖީ. އެސް. 1
  • ކުލެސިފިކޭޝަން:          އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
  • ފެންވަރު ނުވަތަ ޝަރުޠު:     - މަޤާމުގެ މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި މިނިސްޓްރީ އޮފްއިސްލާމިކް އެފެއާޒުން ދެއްވާ، ފެންވަރުބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛

                       - ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން. 

  • މުސާރަ:             މަހަކު  -/3565 ރުފިޔާ.
  • ސަރވިސް އެލަވަންސް:     މަހަކު  -/1500 ރުފިޔާ.
  • މަޤާމާއި ރޭންކް:          އިމާމުު/ޖީ. އެސް. 3
  • ކުލެސިފިކޭޝަން:          އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • ފެންވަރު ނުވަތަ ޝަރުޠު:     - މަޤާމުގެ މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

                       - ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ؛

                       - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ސަނަދެއް ހާސިލުކޮށްފައިވުން.

  • މުސާރަ :               މަހަކު -/4465 ރުފިޔާ.
  • ސަރވިސް އެލަވަންސް:        މަހަކު -/1500 ރުފިޔާ.
  • މަޤާމާއި ރޭންކް:          އިމާމުު/ ޖީ. އެސް. 4
  • ކުލެސިފިކޭޝަން:           އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
  • ފެންވަރު ނުވަތަ ޝަރުޠު:      - މަޤާމުގެ މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިމާމުގެ މަޤާމުގައި ޖީއެސް 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުތިބާ ލިބިފައިވުން. ނުވަތަ؛

                        - މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛

                        - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.                                                                                                   

  • މުސާރަ:                މަހަކު  -/5020 ރުފިޔާ.
  • ސަރވިސް އެލަވަންސް:        މަހަކު  -/1500 ރުފިޔާ.
  • މަޤާމާއި ރޭންކް:          އިމާމުު/ އެމް. އެސް. 1
  • ކުލެސިފިކޭޝަން:           ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • ފެންވަރު ނުވަތަ ޝަރުޠު:     - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިމާމުކަމުގެ މަޤާމުގައި ޖީއެސް 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުތިބާ ލިބިފައިވުން. ނުވަތަ؛

                       - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.                                                                                    

  • މުސާރަ:               މަހަކު  -/5610 ރުފިޔާ.
  • ސަރވިސް އެލަވަންސް:       މަހަކު  -/2000 ރުފިޔާ.
  • މަޤާމާއި ރޭންކް:          އިމާމުު/ އެމް. އެސް. 2
  • ކުލެސިފިކޭޝަން:           ޓެކްނިކަލް އޮފިސަރ ގްރޭޑް 2
  • ފެންވަރު ނުވަތަ ޝަރުޠު:     މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.                                                                                                 
  • މުސާރަ:               މަހަކު  -/6295 ރުފިޔާ.
  • ސަރވިސް އެލަވަންސް:      މަހަކު  -/2000 ރުފިޔާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ހުރިނެތްގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކޮށް، ވަގުތުޖެހުމުން ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  2. މިސްކިތު މަސައްކަތުމީހުންގެ މަސައްކަތްތަށް ބަލައި، އޭނާލައްވައި މަސައްކަތްކުރުމުގެ ޒިންމާ އުފުލުން.
  3. މުދިމެއްގެ ހައިސިއްޔަތުން މިސްކިތުގައި ކުރަންޖެހޭ ކަންތައްތައް މި އިދާރާއިން ކަނޑައަޅާ އުޞޫލެއްގެމަތިން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމީ ފެންވަރާއި ތަޖުރިބާ.

2. ތަޖުވީދުމަގަށް ރީތިކޮށް ޤުރްއާން ކިޔަވަން އެނގޭ މިންވަރު.

3. އިންޓަވިއުގެ ނަތީޖާ.

އިންޓަވިއުއާއި ޕްރެސެންޓޭޝަން އޮންނާނޭ ތަނާއި މުއްދަތު:

އިންޓަވިއު އޮންނަ ދުވަހުގެ 3 ދުވަހުގެ ކުރިން ކުރިމަތިލާ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މާރިޗު 30 ވާ ހޯމަދުވަހުގެ 3:00 ގެ ކުރިން، ކެންދޫ ކައުންސިލު އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

މި ވަޒީފާގައި ކަނޑައެޅިފައިވާ ރޭންކްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ހޮވިފައިވާ ރޭންކާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުޖޫރައާއި، ސަރވިސް އެލަވަންސް ދެވޭނެއެވެ. އަދި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކާއި މާކްސް ޝީޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

3. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއް ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑުރެހާއެކު)

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ، މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ބަޔާންކުރާ ފޯމް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާއަށް ހާޒިރުވުމުން ނުވަތަ މި އިދާރާގެ 6600004 ނަންބަރު ފޯނާ ގުޅުމުން އެ މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 ޖުމާދުލްޢޫލާ 1436

15 މާރިޗު 2015
ހޯދާ