މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާގުޅޭ

އިޢުލާން

 

ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާގުޅޭ

            މިއިދާރާގެ ނަންބަރު: (IUL)298/298/2023/78 (08 އޮކްޓޫބަރު 2023) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް އެދިފައިވާ ފަރާތްތަކަށް ބިންދޫކޮށް، ބާކީ އޮތް 3ބިމަށް ކުރިމަތި ލުމުގެ ފުރުޞަތު ރ.އަލިފުށީގެ ރައްޔިތުންނަށް ހުޅުވާލަމެވެ.

ބިމުގެ ބޮޑުމިން: 3000އަކަފޫޓް

މުއްދަތު: 05 (ފަހެއް) އަހަރު

އަގު: ފުރަތަމަ އަހަރު ހިލޭ: ބާކީ 4 އަހަރު އަހަރަކަށް 3000.00(ތިންހާސް) ރުފިޔާ.

ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 03(ތިނެއް)

            ވީމާ، ދަނޑުވެރިކަންކުރުމަށް ބިން ބޭނުންވާ ފަރާތްތަކުން 10 ޑިސެންބަރު 2023 އިން ފެށިގެން 18 ޑިސެންބަރު 2023 އަށް ކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. ބިމުގެ އަދަދަށްވުރެ ގިނަ ފަރާތްތަކުން ބިން ހޯދުމަށް ހުށަހަޅާފައިވާނަމަ، ބިން ލިބޭފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެނެއެވެ.

            މިހެންވެ މިކަންއާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            26 ޖުމާދަލްއޫލާ 1445

            10 ޑިސެންބަރު 2023

10 ޑިސެންބަރު 2023
ހޯދާ