ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޓެބްލެޓް ގަންނަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު 38 / 2023 / އައި.ޔޫ / ޓީ - 57 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަން އަގުބޮޑު ކަމަށް ފެންނާތީ، އެ ބީލަން ބާޠިލްކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އަލުން އިޢުލާން ކުރަމެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.
https://forms.office.com/r/Bx2mdhMvuj
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް ،17 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ. |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
މި މަސައްކަތާ ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބީލަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 17 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމުން، 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ. |
ބީލަމާ ގުޅޭގޮތުން ސުވާލު ފޮނުވުން |
20 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި،
ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|