ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް

އެމް. އެސް. 1

ކުލެސިފިކޭޝަން

ޓެކްނިކަލްއޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލް އިދާރާގެ އިޚްތިޞާޞުގެ ތެރޭގައި ހިމެނޭ އެންމެހައި ރިސޯސްތައް ދެނެގަނެ، އެކަންކަމުގެ މައްޗަށް ނަޒަރުކޮށް، ކައިރިއަށާއި ދުރުމަގަށް ވިސްނައި، ރަށުގެ އެންމެހައި ރައްޔިތުންނަށް ލާބައާއި މަންފާ ހުރިގޮތަށް ރަށުގެ އިޤުތިޞާދު ބައްޓަންކޮށް، އެކަމުން ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ މަންފާތައް ހާސިލުވާނެ މަގަށް މަސައްކަތް ކުރުމާއި، ކައުންސިލްގެ ބަޖެޓާއި ޕްލޭނާއި ޕްރޮޖެކްޓުތައް ހެދުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި، ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެގޮތުން ލިޔަންޖެހޭ އެންމެހައި ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ތެރެއިން ކައުންސިލްގެ އިދާރާއިން ކުރުމަށް ހަވާލުކުރާ މަސައްކަތް ކުރުމާއި، ސަރުކާރުން އެކަށައަޅުއްވާ އިޤުތިޞާދީ ސިޔާސަތުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސަރުކާރާއި އަދި ރައްޔިތުންގެ ގޮތުގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބެލެހެއްޓުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ރަށުގެ ވިޔަފާރިއާއި ފުދުންތެރިކަން ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެކިބާވަތުގެ ވިޔަފާރިކުރާ ތަންތަން ރަޖިސްޓަރީކޮށް ހިންގުމަށް ދޭންޖެހޭ ހުއްދަތައް ދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަސައްކަތްތައް ފެންމަތިކޮށް، ތަކެތީގެ އަގުތައް ދަށްކުރެވޭނެ ގޮތްތައް ހޯދައި ދެނެގަނެ، ރަށުގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގަށް ކަންކަން ފަހިކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ރަށުގައި ޖަމާވެ އެއްވެފައިވާ ފައިސާގެ ދައުރުވުން ފުޅާކޮށް، ކޯޕަރޭޓިވް އުޞޫލުން ކަންކަން ހިންގޭނެ މަގުތައް ހޯދައިދީ ތަނަވަސްކޮށްދިނުމާއެކު، ރަށުގައި ހުރި އިކޮނޮމީގެ ފުރުޞަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރަށް އިޝްތިހާރުކޮށް، ރަށުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ސަރުކާރާއި ރައްޔިތުންގެ އިޤްތިޞާދީ ސިޔާސަތު، ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްވެރިކަމާއި ދަނޑުވެރިކަމާއި،  އިޤުތިޞާދީ އެނޫންވެސް މަސައްކަތްތަކުން އުފެއްދޭނެ ބާވަތްތައް ދެނެގަނެ، އެފަދަ ތަކެތި އުފެއްދުމަށާއި، އެ ތަކެތި ވިއްކޭނެ މާކެޓްތައް ހޯދައި، އެ މަސައްކަތްތަކުން މަންފާ ލިބޭނެ މަގު ތަނަވަސްކުރުމާއެކު، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތް ކުރުން.
  5. ރައްޔިތުންގެ ނަމުގައި ކުރެވޭ ވިޔަފާރިއާއި އެ ނޫންވެސް މަސައްކަތްތައް ދިރުވައި، އިތުރަށް ހަރުދަނާކޮށް، ސަރުކާރާއި ރައްޔިތުންނަށް އެކިފަރާތްތަކުން ލިބެންޖެހޭ، ނުވަތަ ނުލިބިހުރި ފައިސާ ހޯދުމަށް، މަސައްކަތްތައް ކުރުމާއި، އެކިގޮތްގޮތުން ނެގޭ ފީއާއި، ޖީއެސްޓީއާއި ސަބްސިޑީއާބެހޭ ކަންކަން ބެލެހެއްޓުމާއި، ކައުންސިލުގެ އިދާރާއިން ދޫކުރާ ލޯނުތަކާއި، ކައުންސިލުގެ އިދާރާއިން ނަގާ ލޯނުތަކާ ގުޅިފައިވާ މަސައްކަތްތައް ކުރުމާއެކު، އެކަންކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން.
  6.  ރަށުގައި ހުންނަ ކާޑުގެ ބާވަތްތަކާއި، އެނޫންވެސް ތަކެތި ހުންނަ މިންވަރާއި، ވިއްކަމުންގެންދާ ގޮތްތައް ދެނެގަތުމާއި، މިނެކިރާ ތަކެއްޗާއި، ފިހާރަ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުން ދެވޭ ޚިދުމަތްތައް ދެނެގަނެ، މުދާ އަގުބޮޑުކޮށް ވިއްކާ ފަރާތްތަކާއި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކުގެ މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، އެފަދަ ކަންކަން އިޞްލާޙުކުރުމަށް މަސައްކަތް ކުރުން.
  7. ރަށުގެ މަގުތަކާއި، ބަނދަރާއި، ރަށުގެ ވަލާއި، ގޮނޑުދޮށާއި، ރަށުގައިހުރި އާޘާރީ ބިނާތަކާއި، އެފަދަ ތަންތަނާއި، ތަކެތި ބެލެހެއްޓުމާއި، އެފަދަ ތަކެތި ޙިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަދި އެކިއެކި މަސައްކަތްތައް ކުރުމަށް ކައުންސިލުން ކަނޑައަޅުއްވާ އިޤުތިޞާދީ ޒޯންތަކާއި، އެފަދަ ބިމާއި، ސަރުކާރާއި ރައްޔިތުންގެ ބިންތަކާއި، ޢިމާރާތްތައް ބެލެހެއްޓުމާއެކު އެފަދަ ތަންތަން މަރާމާތުކޮށް އާބާތުރަ ފިލުވުމާ ގުޅޭ މަސައްކަތްތަކާއި އަދި ރަށުގެ ބަނދަރު ލައިޓްތަކާއި މަގުލައިޓުތައް ދިއްލައި ބެލެހެއްޓުމާއެކު، ސަރުކާރާއި ރައްޔިތުންގެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަމަށް ފޮނުވުން.
  8. އެކި މަސައްކަތްތައް ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެ ބިންތަކުގައިހުރި ޢިމާރާތްތަކާއި،  އެކި މަސައްކަތްތައް ކުރުމަށް ދޫކުރެވޭ ވަގުތީ، ބިންތަކާ ގުޅޭ މަސައްކަތްތަކާއި، އެކި ޚިދުމަތްތަކާ ގުޅޭގޮތުން ހަދަންޖެހޭ އެސްޓިމޭޓްތަކާއި އެގުރިމެންޓްތައް ހެދުމާއި، ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެގޮތުން ލިޔަންޖެހޭ އެންމެހައި ލިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ތެރެއިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ކުރުމަށް ހަވާލުކުރާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ތަޢުލީމާއި ތަމްރީނު.

2. ވަޒީފާއާ ގުޅޭ ދާއިރާއިން، ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު / ޕްރެޓިކަލްސް.

4. ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.

5. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދަށް އަހުލުވެރިވެފައިވާ މިންވަރު.

6. ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލު 2013 ގައި ޢަމަލުކުރައްވަން ފައްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި،  އެ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް، 25 މާރިޗު 2015 ވާ ބުދަ ދުވަހު މެންދުރުފަހު 14:30 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު / ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް، އޮންނާނީ 26 މާރިޗު 2015 އާއި 03 އެޕްރީލު 2015 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގެ ތެރޭގައި، އިންޓަވިއުއާއި ޕްރެޓިކަލްސްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

- މި މަޤާމަށް އެދުނު ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއުއާއި ޕްރެކްޓިކަލްސްއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ލިޔުމުން އަންގާނެއެވެ. 

އުޖޫރައާއި ޢިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ، ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް، ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، ދޫކުރައްވާފައިވާ ލިޔުމުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ އަޞްލު)
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ، މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަޞްލު)
  5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ އަޞްލު)  
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ ސާފު ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަޞްލު)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވީ)

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ6500013 ނަންބަރު ފޯނާއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 ޖުމާދަލްއޫލާ 1436

15 މާރިޗު 2015
ހޯދާ