މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ޕްލާންޓް ޕްރޮޓެކްޝަން އޮފިސަރ                             ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް. 3

މަސައްކަތްކުރަންޖެހޭތަން 

މިނިސްޓްރީ/މާލެ 

ސްޕެޝަލް ޑިއުޓީއެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަޤާމުގެ ޝަރުޠު

 

  • ސައިންސުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ގަސްގަހަށްޖެހޭ ބަލިބައްޔާ ބެހޭ މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ދީ އަދި ޔުނިޓަށް މިކަމާ ގުޅޭ ގޮތުން އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
  • ގަސްގަހަށްޖެހޭ ބަލިތައް ދެނެގަތުމާ ބެހޭ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ޕެސްޓް އައުޓްބްރޭކް ދަތުރުތަކުގައި ބައިވެރިވުން.
  • ވާލާއި ކާޅު، މީދާ، އަދި ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބޭސް ދޫކުރުމާއި އަދި ބޭސް ބޭނުންކުރާ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ދަނޑުވެރިކަމާއި ގަސްގަހާގެއްސާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: އެސިސްޓެންޓް ޕްލާންޓް ޕްރޮޓެކްޝަން އޮފިސަރ                               ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް. 3

މަސައްކަތްކުރަންޖެހޭތަން 

މިނިސްޓްރީ/މާލެ 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަޤާމުގެ ޝަރުޠު

 

  • ސައިންސުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ގަސްގަހަށްޖެހޭ ބަލިބައްޔާބެހޭ މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ދީ އަދި ޔުނިޓަށް މިކަމާ ގުޅޭ ގޮތުން އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން.
  • ގަސްގަހަށްޖެހޭ ބަލިތައް ދެނެގަތުމާ ބެހޭ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ޕެސްޓް އައުޓްބްރޭކް ދަތުރުތަކުގައި ބައިވެރިވުން.
  • ވާލާއި ކާޅު، މީދާ، އަދި ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބޭސް ދޫކުރުމާއި އަދި ބޭސް ބޭނުންކުރާ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާތަޢުލީމާއި، ތަމްރީން
  • ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ދަނޑުވެރިކަމާއި ގަސްގަހާގެއްސާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ                                        ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް. 3

މަސައްކަތްކުރަންޖެހޭތަން 

ހުޅުލެ 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް

މަޤާމުގެ ޝަރުޠު

 

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ކެޗް ސެޓްފިކެޓް ހެދުމަށް ފޮނުވާ ރިކުއެސްޓް އެފޮނުވާ ދުވަހު ހަދައި އެކުންފުނިތަކާ ޙަވާލުކުރުން.
  • ދަޅުގައި ބަންދުކޮށްގެން ނުވަތަ ގަނޑުކޮށްގެން އެކްސްޕޯޓްކުރާ ބޮޑެތި ޝިޕްމަންޓްތަކުގެ ކެޗް ސެޓްފިކެޓް ހެދުމުގެ ކުރިން ޕަރޗޭސް ރިޕޯޓުތައް އެންޓަރ ކުރުން.
  • ކޮންމެ ދުވަހަކު ވެސް 12:00 ގެ ކުރިން ވެލިޑޭޝަން ފޯލްޑަރ (ޕަރޗެސް ރިޕޯޓުތައް) އަޕްޑޭޓްކުރުން.
  • ކޮންމެ ދުވަހަކުވެސް ޑިއުޓީ ނިމުމުގެ ކުރިން ކެޗް ސެޓްފިކެޓް ހެއްދުމަށް ކުންފުނިތަކުން ދައްކާފައިވާ ފައިސާގެ ބެލެންސް އަޕްޑޭޓް ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: ކައްކާ                                                  ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް:

މަހަކު -/1000 ރ.

ކްލެސިފިކޭޝަން

ސްޕޯޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ  

މަސައްކަތްކުރަންޖެހޭތަން

ކ. މަނިޔަފުށި

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ކ. މަނިޔަފުށީ  މެރިކަލްޗަރ ރިސަރޗް ސްޓޭޝަނުގައި ތިބޭ މުވައްޒަފުންނަށާއި އެތަނަށްދާ މެރިން ރިސާރޗް ސެންޓަރުގެ އެހެން މުވައްޒަފުންނަށް ކައްކާ ކާންހެދުމުގެ ހުރިހާ ކަމެއް ކުރުން.
  • މިނިސްޓްރީގެ ދޯނިފަހަރުގައި ފަޅުވެރިންނާއި މުވައްޒަފުންނަށް ކައްކައި ކާން ހެދުމުގެ ހުރިހާ ކަމެއް ކުރުން.
  • ކާޑުގެ ބާވަތްތަކާއި ކެއްކުމަށް ބޭނުންވާ އެހެނިހެން ތަކެއްޗާއި ސާމާނު ހަމަޔަށް ހުރިތޯ ބަލައި، ހޯދަންޖެހޭ ތަކެތި ހޯދުމަށް މަނިޔަފުށީ މެރިކަލްޗަރ ރިސަރޗް ސްޓޭޝަނުގެ އޮފީހަށް ދުރާލައި އެންގުން.
  • ބަދިގޭގައި ގެންގުޅޭ ރެފްރިޖެރޭޓަރު އުނދުން ފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަނިޔަފުށީ ރަށުތެރެއާއި ބަދިގެއާއި އެހެން އިމާރާތްތައް ސާފުކުރުން.
  • މަނިޔަފުށްޓަށް ގެންދާ ތަކެތި ދޯނިން ބާލައި ގުދަންކުރުމަށް އެހީތެރިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކައްކާ ކާންހެދުމުގެ ހުނަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު
  • ފަޅުރަށެއްގައި ޤާއިމްވެހުރެ މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ކަނޑުމަތީގައި އުޅެވޭނެ މީހަކު ކަމުގައިވުން  

މަޤާމު: މަސައްކަތު                                                  ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/3100 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1000 ރ.

ކްލެސިފިކޭޝަން

ސްޕޯޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އެގްރިކަލްޗަރ ޑިވިޜަން/ ޓްރޭނިންގ އެންޑް އެކްސްޓެންޝަން ސަރވިސަސް 

މަސައްކަތްކުރަންޖެހޭ ތަން

ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ސެންޓަރުގެ އޮފީސް އިމާރާތް (އޮފީސް ގުދަން އަދި ތަކެތި ވިއްކާރޫމް) ކޮންމެ ދުވަހަކުވެސް ފޮޅައި މޮޕްލައި ސާފުކުރުން.
  • ސެންޓަރުގެ ގޯތިތެރެ ވިނަނޮޅައި ސާފުކުރުން.
  • ސެންޓަރުގައި މުވައްޒަފުން ތިބުމަށްޓަކައި ހަދާފައިވާ އިމާރާތްތައް ފޮޅައި ސާފުކޮށް، މޮޕްލައި، ފަންކާތައް ސާފުކުރުން އަދި ބިއްލޫރިތައް ސާފުކުރުން.
  • ބަދިގެ ހިމެނޭ އިމާރާތް ބަދިގެ، ކާގެ، ގުދަން ކޮންމެ ދުވަހަކުވެސް ކުނިކަހައި ފޮޅައި، މޮޕްލައި އަދި ބިއްލޫރިތައް ސާފުކުރުން.
  • މުވައްޒަފުންގެ އެދުތަކުގެ ބެޑްސީޓް ބަދަލުކުރުމާއި އެތަކެތި ދޮވެ ސާފުކުރުން.
  • މުވައްޒަފުން ބޭނުންކުރާ 6 ފާޚާނަ ކޮންމެ ދުވަހަކުވެސް ދޮވެ ސާފުކުރުން.
  • އިމާރާތްތަކުގެ ދޮރުތަކުގެ ދޮރުފޮތިތަކާއި، ސޯފާސެޓް ކުޝަން މަދުވެގެން މަހަކު 2 ފަހަރު ދޮވެ ސާފުކުރުން.
  • ކުލާސްރޫމް ހިމެނޭ އިމާރާތް ކުނިކަހައި ފޮޅައި، މޮޕްލައި، ފަންކާތައް ސާފުކޮށް އަދި ބިއްލޫރިތައް ސާފުކުރުން.
  • ސެންޓަރުގެ މުވައްޒަފުންނަށް ކައްކައި ކާން ހެދުމުގައި އެހިތެރިވެދިނުން އަދި ކައްކާ ނެތް ހާލެއްގައި ބަދިގޭގެ ހުރިހާ މަސައްކަތެއް ކުރުން.
  • ބަކަރި ކޮށި ސާފުކުރުމާއި ބަކަށި ފެންވެރުވުން.
  • ސެންޓަރުގެ ވަށައިގެންވާ 2 މަގު ކުނިކަހައި ވިނަނޮޅައި ބެލެހެއްޓުން.
  • ދަނޑުމަތީގައި ފީލްޑް އޮފިސަރުންގެ ދަށުން މަސައްކަތް ކުރުން. (ބިންތައްޔާރު ކުރުން، ދަނޑުމަތިން  ވިނަނޮޅުން، ގަސްތަކަށް ފެންޖެހުން، ގަސަތަކަށް ކާންއެޅުން،ގަސްތައް ބެލެހެއްޓުމާއި ގަސް އިންދުމަށް  ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
ޢިނާޔަތްތައް 

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  • އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް، މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތުފައިސާގެ ގޮތުގައި -/60 ރ. އާއި ޝިފްޓް ޑިއުޓީ އެލަވަންސްއާއި ބަންދުދުވަސްތަކުގައި މަސައްކަތް ކުރުމުން ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް 
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. 
ސުންގަޑި:  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 23 މާރިޗު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. 
އިތުރު މަޢުލޫމާތު: 

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 

15 މާރިޗު 2015
ހޯދާ