ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕާރޗޭސިންގ އޮފިސަރ

މަޤާމު

އެސިސްޓެންޓް ޕާރޗޭސިންގ އޮފިސަރ

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3

މުސާރަ

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ޓެކްނިކަލް ސާރވިސަސް ސެކްޝަން، ރީޖަނަލް އެއަރޕޯޓްސް، މާލެ

މަޤާމުގެ މަސްއޫލިއްޔަތު

ރީޖަނަލް އެއަރޕޯޓްސްގެ ޕަރޗޭސިންގއާބެހޭ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށް ވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށް ވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމުލަ އިންސައްތަ %30 އަށްވުރެމަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހޯދަންޖެހޭ ތަކެތީގެ ފޮތް އަދި ހޯދަންޖެހޭ ތަކެތީގެ ރިކޯޑުތައް ގަވާއިދުން ބެލެހެއްޓުން.
  • ރީޖަނަލް އެއަރޕޯޓްތަކުގެ އެއްގަމުގައި ދުއްވާ ވެހިކަލްތަކާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީކޮށް ބެލެހެއްޓުން، އަދި އަހަރީ ފީ ދެއްކުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.
  • ހޯދަންޖެހޭ ތަކެއްޗަށް ނުވަތަ ކުރަންޖެހޭ މަސައްކަތްތަކަށް، ގަވާއިދުން ލިޔެކިޔުންތައް ތައްޔާރުކުރުން.
  • މާލޭ އޮފީހުގެ ބޭނުމަށް ހޯދޭ ތަކެތި، އޮފީހުގެ ސްޓޮކް ބަލަހައްޓާ މުވައްޒަފަކާ ގަވާއިދުން ހަވާލުކޮށް ބެލެހެއްޓުން.
  • ރީޖަނަލް އެއަރޕޯޓް އޮފީހަށާއި ރީޖަނަލް އެއަރޕޯޓުތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި ގަވާއިދުން ހޯދައި ފޮނުވުން.
  • އެއަރޕޯޓްތަކަށް ފޮނުވަންޖެހޭ ތަކެތި ލަސްނުކޮށް ފޮނުވޭނޭ އިންތިޒާމު ރޭވުން އަދި ފޮނުވޭ ތަކެތީގެ ގުޑްސް ޑެލިވަރީ ނޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ސަރަޙައްދީ އެއަރޕޯޓްތަކުގައި ބެހެއްޓޭ ސެޓްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުން އަދި އެރޯޑްރޯމް ލައިސަންސް ފީ އާބެހޭ ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449އިން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).
ސުންގަޑި 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 15:00 އަށް.
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން  މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ ބިލްޑިންގ،11 ވަނަ ފަންގިފިލާ، މާލެ. 
އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

15 މާރިޗު 2015
ހޯދާ