ދިވެހިރާއްޖެ
1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މިހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސް (ފާމާސިއުޓިކަލްސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސްގެ ގޮތުގައި ހިމެނޭ ފާމާސިއުޓިކަލްސް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) – 08 ޑިސެންބަރު 2023 އިން ފެށިގެން 18 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް. އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު. ތާރީޚް: 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަސް، ގަޑި: 10:00 (ހެނދުނު) |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، ބޭނުންވާ އައިޓަމް ލިސްޓް އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަވެސް ދަންނަވަމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
24 ޖުމާދަލްއޫލާ 1445