ދިވެހިރާއްޖެ
"ރާވެރިޔާ ވޮލީ މުބާރާތް 2023" ގެ އޮފިޝަލުންގެ ސައި އިންތިޒާމްކުރާމް ކުރާނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮއްފައިވާ ނަމްބަރ (IUL)409/409/2023/48 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން ހުޅުވާލަމެވެ.
09 ޑިސެމްބަރ 2023 އިން 20 ޑިސެމްބަރ 2023 އަށް މިއިދާރާއިން އިންތިޒާމްކޮއްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ރާވެރިޔާ ވޮލީ މުބާރާތް 2023" ގެ މުބާރާތުގެ އޮފިޝަލުންނަށް ސައި އިންތިޒާމް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ސައިގެ އިންތިޒާމް ހަމަޖައްސައި ދޭން ޖެހެނީ 20 ފަރާތަކަށް، ގއ.ނިލަންދޫ ޔޫތު ސެންޓަރުގެ ހޯލުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ 14:00 އަށް މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތް ހަވާލުކުރެވިގެންދާނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށްކަންވެސް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ނޯޓް: 05 ކުޅި ހެދިކާ، 01 ފޮނި ހެދިކާ، ފެން، ސައި، ދުފުން
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.