ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމަށްޓަކައި ގުރުއަތުލުން

ނަންބަރު: (IUL)258/258/2023/157

އިޢުލާން.

ދަނޑުބިން ދޫކުރުމަށްޓަކައި ގުރުއަތުލުން.

ހަނިމާދޫއިން ދަނޑުބިން ދޫކުރުމަށް މިކައުންސިލުގެ އިއުލާން ނަންބަރު: (IUL)258/258/2022/97 (23 އޮކްޓޫބަރ 2022) އިޢުލާނާއި އަދި "ހަނިމާދޫއިން ދަނޑުބިން ދޫކުރުމުގެ އުސޫލު 2022" ގެ ދެވަނަ މާއްދާގެ މ އާއި ހަވާލާދީ ދަންނަވަމެވެ.

ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 50 ދަނޑުބިމުގެ ތެރެއިން، ހަނިމާދޫ ކައުންސިލްގެ ދަނޑުވެރިންގެ ދަފްތަރުގައި ޖެހިފައިވާ ފާރާތްތަކުގެ ތެރެއިން ދަނޑުބިމަށް އެދި ހުށައަޅާފައިވާ 15 ފަރާތުގެ މެދުގައި ދަނޑުބިމުގެ ނަންބަރު ކަނޑައެޅުމަށް ހަމަޖެހިފައިވާ ގުރުއަތުލުން 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެވާހަކަ ދަންނަވާލަމެވެ.

  • ގުރުއަތުލުމަށް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އައިޑީކާޑު ހިފައިގެން ވަޑައިގަތުން އެދި ދެންނެވީމެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފަރާތެއްކަން އެނގޭނެ ސިޓީއަކާއި ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
  • ގުރުނަގަން ހާޒިރުނުވާ ފަރާތްތަކުގެ ގުރުނަގާނީ އެންމެފަހުންނެވެ. އަދި މިގުރުތައް ނަގާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ބޭފުޅެކެވެ.

މި އިޢުލާނާއިއެކު މިދެންނެވުނު 15 ފަރާތުގެ ނަންތައް އާއްމުކުރީމެވެ. ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

23 ޖުމާދަލްޢޫލާ 1445

07 ޑިސެމްބަރ 2023

07 ޑިސެންބަރު 2023
ހޯދާ