ދިވެހިރާއްޖެ
ކިހާދޫގެ ޕިކްނިކް އޭރިއާގައި ހެދިފައިވާ ވޯޓަރ ވިލާގެ ހަޓްގެ ފުރާޅާއި ޑެކް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)316/316/2023/113 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު (ކޮޓޭޝަން) ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާތިލުކޮށް އަލުން މިމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވިމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވާ ފަރާތްތަކުން 12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ކުރިން މަސައްކަތުގެ އަގު (ކޮޓޭޝަން ނުވަތަ އަގު ހުށަޅާފޯމު) ހުށަހެޅުއްވުން އެދެމެވެ. ކޮޓޭޝަން/އަގުހުށަހަޅާ ފޯމާއެކު އަގުހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މަސައްކަތް ނިންމޭނެ މުއްދަތު ކޮޓޭޝަންގައި ހިމަނަންވާނެއެވެ.
މި މަސައްކަތުގެ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.