ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސުކޫލުގެ އިއުލާން ނަމްބަރ (IUL)GS17/2023/040 އިއުލާނަށް އެއްވެސް ފަރާތެއް ބީލަން ހުށައަޅާފައި ނުވާތީ އިއުލާން ބާތިލް ކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މިސްކޫލުގެ ކުލާސްރޫމްތަކުގައި ކަބަޑުސެޓް އަމިއްލަ ތަކެތީގައި ހެދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 10 ޑިސެންބަރ 2023 ން 14 ޑިސެންބަރ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ޑިސެންބަރ 2023 ން 14 ޑިސެންބަރ 2023 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެންބަރ 17 ވާ އާދީއްތަ ދުވަހުގެ 10:45ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
ބިޑް ހުޅުވުން އޮންނާނީ 2023 ޑިސެންބަރ 20 ވާ ބުދަ ދުވަހުގެ 10:45 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޢިއުލާނައިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.
ފޯން: 6800013
އީ-މެއިލް: [email protected]
ކޮޕީ އީމެއިލް: [email protected]