އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ކޭސް ޕްރޮސެސިންގ ( ޝިފްޓް ޑިއުޓީ )

އިޢުލާން ނަންބަރު: ASND-HCM-IUL-2023-100

މަޤާމް: އެސިސްޓެންޓް އޮފިސަރ

ސެކްޝަން: ކޭސް ޕްރޮސެސިންގ ( ޝިފްޓް ޑިއުޓީ )

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް / މާލެ

 

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ލިބިފައިވުން. ނުވަތަ
  2. ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން "އީ" ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  4. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ ފަރާތަކަށްވުން. (ހެނދުނު، މެންދުރު، ހަވީރު، ރޭގަނޑު)

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި އަދި ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން.
  2. ހުށަހެޅޭ ކޭސްތަކާ ގުޅިގެން "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން އެމްޕެނަލް ވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުމާއި ހުއްދަ ހޯދުމާއި ފަރުވާ ލިބޭނެ ކަމުގެ ލިޔުން ޙަވާލުކުރުން.
  3. ޓެލެފޯނުގެ ޒަރީޢާއިންނާއި އީމެއިލް މެދުވެރިކޮށް ކޭސްތަކާ ބެހޭގޮތުން ހޯދަން ބޭނުންވާ މަޢުލޫމާތު ދިނުން.
  4. އިމަޖެންސީގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ އިންތިޒާމުތައް މެޑިކަލް ޓީމާއި، އޭވިއޭޝަން އޮފީހާއި ސީ-އެމްބިޔުލަންސް މެދުވެރިކޮށް ހަމަޖެއްސުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. ދިވެހި ބަހުން ޓައިޕް ކުރަން އެނގުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް :

  • -/12،300 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް

 

ކުރިމަތިލުމުގެ ސުންގަޑި: 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

07 ޑިސެންބަރު 2023
ހޯދާ