މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ-ދެވަނަ އިޢުލާން

ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ-ދެވަނަ އިޢުލާން

       ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު:319/319/2023/49(IUL) އާއި ގުޅިގެން އެކެށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އަލުން އެފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެ މަޢުލޫމާތު

  • ހިޔާދޭ ބޮޑެތި ގަސްތައް ފިޔަވައި ގަބުރުސްތާނުގައިވާ ވިނަތައް ނޮޅާ ސާފުކުރުން
  • ގަބުރުސްތާން ވަށައިގެން ބޭރުން 5 (ފަހެއް) ފޫޓު ސާފުކުރުން
  • ނޮޅާ ސާފުކުރާ ތަކެތި މިކައުންސިލުން ދަންކާތަނަކަށް އެޅުން

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޑިސެމްބަރ 14 ވާ ބުރާސްފަތިދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:

([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު ދިނުން

  • މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 14 ވާބުރާސްފަތިދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.

އަގު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ޑިސެމްބަރ 18 ވާ ހޯމަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ވަގުތުގެ 10 މިނެޓް ކުރިން މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް އަށް؛ ([email protected]) މެއިލް ކުރައްވައިގެންނެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ނުވަތަ ފޮނުވާ ފަރާތުގެ މަޢުލޫމާތު(ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރު) ބައްދަލުވުން ފެށުމުގެ 15 މިނެޓު ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 

މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު

  • މަސައްކަތައް ހުށަހަޅާ އަގު   % 90
  • މަސައްކަތައް ހުށަހަޅާ މުއްދަތު % 10

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

07 ޑިސެންބަރު 2023
ހޯދާ