މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި އާއި މަގުބައްތި ދަނޑި މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ކައުންސިލުންދެއްވާ މަޢުލޫމާތާއި އެއްގޮތަށް މަގުބައްތި އާއި މަގުބައްތި ދަނޑި މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)312-MS/312/2023/87 14 ނޮވެމްބަރ 2023 އިއުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލުކޮށް އަލުން އިއުލާނުކުރަމެވެ.

  • މަޢުލޫމާތު ދިނުމުގެ ސެޝަން:  10 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ  10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުން: 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހު 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ ޖަލްސާ ކުރާ މާލަމުގައެވެ.

 

  1. ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ.

 

  1. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

  1. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "ސޯލާ ލައިޓް ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

  1. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.
07 ޑިސެންބަރު 2023
ހޯދާ