މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރަސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

     ރަށުގެ ޤަބުރަސްތާނު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)366/2023/37 ގެ އިޢުލާނާއިގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އެމަސައްކަތަށް ކުރިމަތި ލުމުގެ ފުރުޞަތު ތިރީގައިވާ ގޮތުގެ މަތިން ހުޅުވާލަމެވެ.

 

    ވީމާ، މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން (ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަކާއިއެކު) އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު މަސައްކަތާއިބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހެއް ޢާއްމުކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

     ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

06 ޑިސެންބަރު 2023
ހޯދާ