މަޤާމުގެ ޝަރުޠު:
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޑިއުޓީ ކުރަންޖެހޭ ބުލޮކެއްގެ އިމާރާތާއި ގޯތިތެރެއާއި އެ ސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.
- ޑިއުޓީ ކުރަންޖެހޭ ބްލޮކެއްގައި ހުންނަ އޮފީހުގެ ޚިދުމަތް ހޯދަން އަންނަ މީހުން ފިޔަވައި އެހެން މީހުން، ކަމާބެހޭ ވެރިއްއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.
- އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
- ވޮޗަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭޓް ހުޅުވައި ލެއްޕުން)
- ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ގަވާއިދުން ހިނދުން ހިނދަށް ރިޕޯޓްކުރުން.
- އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުން.
- ސަލާމްބުނާ މުވައްޒަފުންނާއ ިޗުއްޓީގައިތިބޭ މުވައްޒަފުންގ ެމަސައްކަތް، ވެރިން އަންގަވާ ގޮތެއްގެމަތިން ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް، އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާންގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއު ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|