މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

މަޤާމު:

މެނޭޖަރ، ހިއުމަން ރިސޯސަސް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް

މަޤާމުގެ ބާވަތް: ކޮންޓްރެކްޓް

މުސާރަ:

7259.00 ރުފިޔާ (ހަތް ހާސް ދުއިސައްތަ ފަންސާސް ނުވަ ރުފިޔާ)

ސަރވިސް އެލަވަންސ :

3510.00 ރުފިޔާ (ތިން ހާސް ފަސް ސަތޭކަ ދިހަ ރުފިޔާ)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މަޤާމުގެ ޝަރުޠު:

  • ހިއުމަން ރިސޯސަސްގެ ދާއިރާއިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ އެޑިއުކޭޝަންގެ ދާއިރާއިން އިން ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 7 ގެ ފާހެއް އޮތުން ނުވަތަ
  • ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 މަސައްކަތުގެ ދާއިރާ  ހިއުމަން ރިސޯސަސް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް
 ހުށަހަޅަންޖެހޭ ލިޔުންތައް:
  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
ސުންގަޑި: މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައިހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރު ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "މެނޭޖަރ، ހިއުމަން ރިސޯސަސް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް" މިހެން ޖައްސަވަންވާނެއެވެ.
 

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ
 

ފޯނު: 3009271  ފެކްސް: 3321559

 
17 މާރިޗު 2015
ހޯދާ