ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިކައުންސިލްގެ ނަންބަރު IUL)307/INDIV/2015/20)ފ(26 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯޒަލްތަކުގައި މައްސަލަ ހުރުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
އިޖުތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށްޓަކައި އެންމެފަހުން ވެވިފައިވާ ނަންބަރު AGR)307/INDIV/2014/1001)ފ(08 ޖޫން 2014) އެއްބަސްވުން، 07 ޖަނަވަރީ 2015 ގައި ވަނީ ހަމަވެފައެވެ.
ވީމާ، އިޖުތިމާޢީ ސަރަޙައްދު ސާފުކޮށް ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އިޖުތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައެވެ. ޕްރޮޕޯޒަލް ބަލައިގަތުމަށްފަހު، ހަމަ އެގަޑީގައި ޕްރޮޕޯޒަލް ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި ޕްރޮޕޯޒަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯޒަލް ކަނޑައިބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާ އެއްގޮތަށް ހުށަހަޅާ ޕްރޮޕޯޒަލެއްނޫނީ ބަލައެއްނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖުމާދަލްއޫލާ 1436